ކައިރި މުސްތަޤުބަލެއްގައި ކޮވިޑް-19އިން ސަލާމަތް ނުވެވޭނެކަމުގެ އިންޒާރު ދީފި

14 Apr 2021 | 12:02

މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަދި ވަރަށް ދިގު މުއްދަތެއް ހޭދަވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ދީފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެެނެރަލްގެ މަޤާމުގައި ހުންނެވި ޓެޑްރޮސް އަދަނޮމް ވިދާޅުވެފައިވަނީ، ކޮވިޑް ބަލި މުޅިން ކޮންޓްރޯލް ކުރުމަށް ދިގު މުއްދަތެއް އަދި ހޭދަވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިނަމަ، ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑް ފެތުރޭ މިންވަރު އިތުރުވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމުގައި ގެންގުޅޭ އުސޫލުތައް ރަނގަޅަށް ތަންފީޒުނުކުރާތީއެވެ.

އެގޮތުން މިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކާމެދު އޮންނަ އިތުބާރު ކުޑަވަމުންދާއިރު، މިހާތަނަށް 780 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދިން ނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ޓެޑްރޮސް ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް