ހަތަރު ޤައުމެއްގެ ސިފައިން ގުޅިގެން ބަނގުލަދޭޝްގައި ބޭއްވި އަސްކަރީ ތަމްރީނެއް ނިންމާލައިފި

14 Apr 2021 | 13:16

ހަތަރު ޤައުމެއްގެ ސިފައިންނާއި އެހެން ޤައުމުތަކެއްގެ އޮބްޒާވަރުންގެ ބައިވެރިވެގެން، ބަނގުލަދޭޝްގައި ބޭއްވި ބޮޑު އަސްކަރީ ތަމްރީނެއް ނިންމާލައިފިއެވެ.

ބަނގުލަދޭޝްގެ މިނިވަންކަމުގެ އިސްބާނީ ޝެއިޚް ބަންގަބަންދު މުޖީބުއްރަހްމާންގެ 100ވަނަ އުފަން ދުވަސް އަދި އެޤައުމުގެ މިނިވަންކަމުގެ ރަންޔޫބީލާއި ދިމާކޮށް، "ޝަންތިރު އޮގްރޮޝޭނާ" އަސްކަރީ ތަމްރީން ބާއްވާފައިވަނީ މިމަހުގެ 2ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހާއި ހަމައަށެވެ.

މި އަސްކަރީ ތަމްރީނުގައި އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާންގެ ސިފައިން ބައިވެރިވެއެވެ. މީގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ތުރުކީ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ އޮބްޒާވަރުންވެސް މި ތަމްރީން ހަރަކާތްތައް ބަލާފައިވެއެވެ. މިއީ އދ.ގެ އެއްބާރުލުމާއި އެކު، ނިރުބަވެރިކަމާއި ދެކޮޅަށް ކުރިއަށްގެންދިޔަ ތަމްރީން ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ޝަންތިރު އޮގްރޮޝޭނާ ތަމްރީންގެ މައިގަނޑު އަމާޒަަކީ ޤައުމުތަކުގެ މެދުގައި އަސްކަރީ ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ޞުލްޙައިގެ އޮޕަރޭޝަންތައް ހިންގުމަށް އެހީތެރިވުމެވެ. 

Advertisement

ކޮމެންޓް