އަތޮޅުތެރެއަށް ބާރު ދޭން ކުރާ މަސައްކަތް ޕީޕީއެމް-ޕީއެންސީއަކަށް ހަޖަމެއް ނުވާނެ: އަނދުން ހުސައިން

16 Apr 2021 | 05:31

ލާމަރުކަޒުކޮށް، އަތޮޅު ތެރެއަށް ބާރުތައް ދޭން ކުރާ މަސައްކަތަކީ، ޕީޕީއެމް-ޕީއެންސީއަށް ބަލައިގެނެވޭނެ މަސައްކަތެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެެއެވެ.

މަޖިލީހުގައި މިއަދު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަހުސް ކުރައްވަމުން އަނދުން ހުސައިން ވަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ އަކީ ލާމަރުކަޒީ ޤާނޫނާއި ދެކޮޅު ބައެއް ކަމަށާއި، ޕީޕީއެމްގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އުވާލައި، ހުރިހާ ބާރެއް އެއްތަނަަކަށް ޖަމާކޮށްގެން އުޅުނީ އެހެންވެގެން ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް މިކަންކަން ހަޖަމެއް ނުވާނެ. އަޅުގަނޑުމެން ބާރުތައް ޖަމާކޮށްގެން ކަމެއް ވިޔަ ނުދޭން އުޅޭ ވާހަކަ މިދައްކަނީ" އަނދުން ހުސައިން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް