Advertisement

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު އިންޑިއާއަށް!

14 Apr 2021 | 17:52

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލުކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މި ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާއަކީ މި ސަރުކާރާއެކު އެންމެ ގާތް ގުޅުމެއް ބާއްވަމުންދާ އެއް ޤައުމެވެ.

Advertisement

ކޮމެންޓް