Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 85 މީހުން!

14 Apr 2021 | 22:13

ދިވެހިރާއްޖެއިން އިތުރު 85 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 85 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 39 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 38 މީހަކާއި، އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 25،884 އަށް އަރާފައެވެ. މީގެ ތެރެއިން 57 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،141 އަށް އަރާފައެވެ.

Advertisement

ކޮމެންޓް