Advertisement

ކޮވިޑް ވެކްސިން ޖެެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

15 Apr 2021 | 16:24

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކޮވިޑް ވެކްސިން ދިނުމަށް މާލެއަށް ގެނައުމުން، ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވައިފިއެވެ.

މިރޭ އޭޑީކޭ ހޮސްޕިޓަލްގައި ދަނީ އެޗްޕީއޭގައި ރަޖިސްޓަރވެފައިވާ ފަރާތްތައް އެޕޮއިންޓްމެންޓް އުސޫލުން ފައިޒަރ-ބަޔޮންޓެކް ވެކްސިން ޖަހައިދެމުންނެވެ.

ވޮއިސްއަށް މަޢުލޫމާތުދެމުން ކަރެކްޝަންސްއިން ބުނީ ވެކްސިން ޖެހުމަށް ރައީސް ޔާމީން މިރޭ 9:45 ހާއިރު މާލެއަށް ގެނެވުނުކަމަށެވެ. ނަމަވެސް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވުމުން އެމަނިކުފާނު އަނބުރާ މާލެއަށް ގެންދެވުނުކަމަށް ވަނީ ބުނެފައެވެ.

ރައީސް ޔާމީނަކީ ހިތުގެ މައްސަލަތައް ހުންނަ ބޭފުޅަކަށްވުމުން އެމަނިކުފާނަށް ފައިޒަރ ވެކްސިން ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ.

Advertisement

ކޮމެންޓް