އިންތިގެ ދާއިރާ އެމްޑީޕީއަށް ގެއްލުމުން އޭނާއަށް ގޯސްވީ ދަފުތަރު!

15 Apr 2021 | 00:08

ލޯކަލް ކައުންސިލް އިންތިޚާބުގައި، މާފަންނު އުތުރު ދާއިރާ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ގެއްލުނީ ދަފުތަރުގައި ތިބި ބަޔަކު ވޯޓުލުމުން ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، މާފަންނު އުތުރު ދާއިރާއަށް ދަފުތަރުން ވޯޓުލީ ފަރާތްތަކަކީ އެ ދާއިރާ ހިމެނޭ ހިސާބުތަކުގައި ދިރި ނޫޅޭ ފަރާތްތަކެއް ކަމަށެވެ. އެހެންނަމަވެސް، ދާއިރާގެ ވޯޓާއިމެދު ގޮތް ނިންމީ އެމީހުން ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"އެހެންވީމާ މިއީ ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭތީވެ އަޅުގަނޑުމެން ފާހަގަ ކޮށްލަން. އިންތިޚާބުތަކާއި ދަފުތަރާމެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަޙައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިޚާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުޞަތު އެ ލިބެނީ ކިހިނެއްތޯ." އިންތި ވިދާޅުވިއެވެ.

މީގެ ކުރިން މާލޭގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ވަނީ ނާކާމިޔާބު ވެފައެވެ. މިގޮތުން އިމްތިޔާޒް ނިސްބަތްވާ ދާއިރާގެ މާލޭ ސިޓީ ކައުންސިލްގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެވެ.  

Advertisement

ކޮމެންޓް