Advertisement

ސިޔާސީ ލީޑަރުން ޖަލަށްލުމުން ޕްރޮމޯޝަން ލިބުމަކީ އިންސާފަށް އެޅޭ ހުރަހެއް: މަލީޙު

15 Apr 2021 | 12:59

ސިޔާސީ ލީޑަރުން ޖަލަށް ލުމުން ބޮޑެތި ޕްރޮމޯޝަންތައް ލިބުމަކީ، ޝަރުއީ ނިޒާމަށް އޮތް ހުރަހެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވެއްޖެއެވެ.

މިދިޔަ މާރިޗު މަހުގެ ފުރަތަމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި، އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ވަކި ކުރިފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ މަލީޙު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގޯސްކޮށް ކުރާ ކަންކަން ފޮރުވައި، މަތި އެޅި ޒަމާން މާޒީވެ ގޮސްފައިވާ ކަަމަށެވެ. ކަންކަން އިޞްލާޙުކޮށް ރަނގަޅު ކުރުމުގެ ވިސްނުން ހުރިނަމަ، އެކަން ފެންނަން ޖެހޭ ކަމަށާއި ލިބޭ ފުރުޞަތަކީ އިމްތިޙާނެއް ކަމަށްވެސް މަލީޙު ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން ޖަލަށް ލުމުން ބޮޑެތި ޕްރޮމޯޝަން ލިބޭ ކަމަށް މަލީޙު ވިދާޅުވެފައިވާއިރު، އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަށު ކޯޓުގައި، ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވެވި ޤާޟީ ޢަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ޢައްޔަންކޮށްފައެވެ. 

Advertisement

ކޮމެންޓް