އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

15 Apr 2021 | 12:57

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެމްޑީޕީ އޮފީހަށް ގެއްލުންދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކާއި، އަދި 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ޕޭމަންޓު ގަލަކުން ޖަހައިގެންނެވެ. މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި ގުޅިގެން އިންތިޚާބާއި ބެހޭ މަރުކަޒުގައި ދެޕާޓީ ދެމެދުގައި ހިނގި ހަމަނުޖެހުމަށްފަހުގައެވެ.

Advertisement

ކޮމެންޓް

Advertisement