މިއަދު ރޯދަ ވީއްލުމަށް ސްޓްރޯބެރީ މިލްކްޝޭކް ހަދަމާ، މިއޮތީ ރެސިޕީ!

15 Apr 2021 | 14:12

މިއަދު ރޯދަ ވީއްލުމަށް ގޭގައި ތައްޔާރު ކުރަން ވިސްނަނީ ކޮންއެއްޗެއްތޯއެވެ؟

ތަފާތު ކާތަކެތިން ސުފުރާމަތި ފަޅުފިލުވާލާއިރު، މީރު ބުއިމެއް ތައްޔާރުކޮށްލުމަކީ، ސުފުރާ މައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ. އެހެންކަމުން މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާ ކޮށްލަނީ، ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ސްޓްރޯބެރީ މިލްކްޝޭކް ހަދާނެ ގޮތެވެ.

ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

1 ސްކޫޕް އައިސް ކްރީމް

1 މޭޒުމަތީ ސަމުސާ ހިކި ކިރު

1/2 ޖޯޑު މޭޒުމަތީ ސަމުސާ ހަކުރު

1 ތަށި އައިސް ފެން

1 މޭޒުމަތީ ސަމުސާ ސްޓޯބެރީ ޝޭކް ޕައުޑާ

3 އައިސް ކިއުބް

ތައްޔާރު ކުރާނެ ގޮތް: ފެން، ހަކުރު، ސްޓޯބެރީ ޕައުޑަރ، ހިކި ކިރު، އެއްކޮށް މިކްސަރުން ގިރާލާށެވެ. އެއަށްފަހު ތައްޓަށް އައިސް ކިއުބް ލާފައި ގިރާފައި ހުރި ބައި ތައްޓަށް އަޅާށެވެ. އަދި އައިސް ކްރީމް ސްކޫޕް މައްޗަށް ލާށެވެ. މިއީ ތިބާއަށްވެސް، އަދި ތިބާގެ ޢާއިލާގެ އެހެން މެންބަރުންނަށްވެސް ކަމުދާނެ ބުއިމަކަށް ވާނެކަމަށް އުންމީދުކުރަމެވެ. 

Advertisement

ކޮމެންޓް

Advertisement