Advertisement

ފަސްޓްލޭޑީ ފަޒްނާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

15 Apr 2021 | 23:33

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ހާލުކޮޅު ރަނގަޅެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

Advertisement

ކޮމެންޓް