Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 95 މީހުން!

15 Apr 2021 | 23:00

ދިވެހިރާއްޖެއިން އިތުރު 95 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 95 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 59 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 22 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 11 މީހަކާއި އަދި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި 3 މީހަކު ހިމެނެއެެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 25،939 އަށް އަރާފައެވެ. މީގެ ތެރެއިން 58 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،242އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement