Advertisement

ކޮވިޑް ބަލީގައި ދިވެހިރާއްޖެއިން 68 ވަނަ މީހަކު ނިޔާވެއްޖެ

16 Apr 2021 | 14:39

ކޮވިޑް-19 ބަލީގައި ދިވެހިރާއްޖެއިން 68 ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން މަޢުލޫމާތުދޭ ގޮތުގައި މިއަދު 11:12 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިއްޔެގެ ހައެއް ޖެހުމާއި ހަމައަށް ދިވެހިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 25،939 އަށް އަރާފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 23،424 އަށް އަރާފައެވެ.

Advertisement

ކޮމެންޓް