ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 82 މީހުން

16 Apr 2021 | 22:33

ދިވެހިރާއްޖެއިން އިތުރު 82 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 82 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 40 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 24 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 18މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 26،021އަށް އަރާފައެވެ. މީގެ ތެރެއިން 53މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،360އަށް އަރާފައެވެ.

Advertisement

ކޮމެންޓް