ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 124 މީހުން!

17 Apr 2021 | 22:38

ދިވެހިރާއްޖެއިން އިތުރު 124 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 124 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 78 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 33 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހަކާއި އަދި ލިވްއަބޯޑަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 26،145 އަށް އަރާފައެވެ. މީގެ ތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،428 އަށް އަރާފައެވެ.

Advertisement

ކޮމެންޓް