ފުލުހުންގެ ބަންދުގައި ހުރި އަންހެނަކަށް އަނިޔާކުރި މައްސަލަ މަޖިލީހަށް ހުށަހަޅާނަން: އާދަމް ޝަރީފު

18 Apr 2021 | 13:08

އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި ކުރި މުޒާހަރާގައި ބައިވެރިވި ޕީޕީއެމްގެ އެކްޓިވިސްޓް އަދި ކައުންސިލް މެންބަރު އަމާނީ މުޙައްމަދަށް ފުލުހުން އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން އަމާނީގެ އަތަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އޭނާގެ އަތުގެ އެކްސްރޭ ކަމަށް ބެލެވޭ ދެ ފޮޓޯއެއް ހިއްސާކުރައްވައި އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށާއި، އެ އަންހެން މީހާގެ އަތަށާއި، އަތްތިލައަށް ލިބުނު ގެއްލުންވެސް ފެންނާން ހުރި ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭ ކަމެއް ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވެފައި ވެއެވެ.  

Advertisement

ކޮމެންޓް

Advertisement