ޕްރިންސް ފިލިޕްގެ ޖަނާާޒާ ބާއްވައިފި

18 Apr 2021 | 12:57

އިނގިރޭސީ ރާނީ އެލިޒަބެތް 2ގެ ފިރިކަލުން އަދި ޑިއުކް އޮފް އެޑިންބަރ، ޕްރިންސް ފިލިޕްގެ ޖަނާޒާ ބާއްވައިފިއެވެ.

ފްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިޔައީ 30 ވަރަކަށް ބޭފުޅުންނަށެވެ. އޭގެތެރޭގައި ހިމެނެނީ ޝާހީ ޢާއިލާއާއި ވަރަށް ގާތް ބޭފުޅުންނެވެ. މުޅި ދުނިޔޭގައިވެސް ވަރަށް ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19އާއި ގުޅިގެން ޕްރިންސް ފިލިޕްގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ ގައިދުރުކަމާއި އެކުގައެވެ.

ރާނީ، ފިލިޕަށް އަލްވަދާއު ދެންނެވި އިރު އިންނެވީ ކަޅު ހެދުމެއް ތުރުކުރައްވައިގެންނެވެ. އެކަމަނާ އިންނެވީ ގިނިކަންޏާއެވެ. 

ޕްެރިންސް ފިލިޕްގެ ޖަނާޒާގެ ގިނަ ކަންތައްތަކެއް، އެބޭފުޅާ ދުނިޔޭގައި ހުންނެވިއިރު އަމިއްލަފުޅަށް ވަނީ ރާއްވަވާފައެވެ.

Advertisement

ކޮމެންޓް

Advertisement