ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 203 މީހުން!

18 Apr 2021 | 22:42

ދިވެހިރާއްޖެއިން އިތުރު 203 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 203 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 115 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 70 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 18މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 26،348 އަށް އަރާފައެވެ. މީގެ ތެރެއިން 60 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،591އަށް އަރާފައެވެ.

Advertisement

ކޮމެންޓް