އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އަންނަމަހުގެ 29ވަނަ ދުވަހުގައި ބާއްވަނީ

18 Apr 2021 | 23:05

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން ކުރި އިޢުލާނެއްގައި ބުނީ، 29 މެއިވާ ހޮނިހިރު ދުވަހުގައި އެޕާޓީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެމްޑީޕީގެ އާންމު މެންބަރުންނެވެ. އެގޮތުން މިއިންތިޚާބުގައި ވޯޓުލެވޭނީ 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. އެހެންކަމުން މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް އެޕާޓީން ވަނީ މެމްބަރޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެކި މަޤާމުތަކަށް ކުރިމަތިލުމަށް މިހާރުވެސް ގިނަބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މި އިންތިޚާބުގެ ޚަބަރުތައް "ވޮއިސް"ގެ ފަރާތުން ގެނެސްދެމުންދާނެއެވެ.

Advertisement

ކޮމެންޓް