ކޮވިޑް-19 ބަލީގައި ރާއްޖެއިން 70ވަނަ މީހަކު ނިޔާވެއްޖެ

18 Apr 2021 | 23:28

ކޮވިޑް-19 ބަލީގައި ރާއްޖެއިން 70ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހެނދުނު ހޭނެތިފައިވާ ހާލަތުގައި އޭޑީކޭ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމަށް ގެނެވުނު އުމުރުން 72 އަހަރުގެ އަންހެނެއް ހެނދުނު 09:22 ހާއިރު ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވާކަމަށެވެ.

މިއީ ދިވެހިރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 70 ވަނަ މީހާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

Advertisement

ކޮމެންޓް

Advertisement