Advertisement

ދިވެހި މަސްކަނޑުތައް ބިދޭސީންނަށް ހުޅުވައިލުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް: ބޮންޑޭ

20 Apr 2021 | 12:55

ދިވެހި މަސްކަނޑުތައް ބިދޭސީންނަށް ހުޅުވާލުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ދިވެހިރާއްޖޭގެ މަސް ދޯނިތަކުގައި، މަސްވެރިކަން ނޫން އެހެން މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން، އިއްޔެ ވަނީ ދީފައެވެ. ހުއްދަ ދިން ސަބަބެއްކަމަށް މިނިސްޓްރީން ބުނީ، ބައެއް މަަސައްކަތްތައް ކުރުމަށް ދިވެހީން ލިބުން ދަތިވުމެެވެ.

ފިޝަރީޒް މިނިސްޓްރީގެ ނިންމުމާއިމެދު ކަންބޮޑުވުންފާޅު ކުރައްވައި ބޮންޑޭ ވިދާޅުވީ، މަސް ދޯނިތަކުގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ ދިވެހީން ތިބިތޯ ބެލުމެއް ނެތި، އަދި މި މަސައްކަތްތަކަށް ދިވެހީން ތަމްރީނު ނުކޮށް ބިދޭސީންނަށް ވަޒީފާ ހުޅުވައިލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މަސް ދޯނީގައި މަސްވެރިކަން ނޫން އެހެން މަސައްކަތް ކުރުމަށް ބިދޭސީންނަށް ހުއްދަ ދިން ނަަމަވެސް، ހުއްދަ ނެތި މިފަދަ މަސައްކަތް ކުރާ ބިދޭސީން އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. 

Advertisement

ކޮމެންޓް