"ނަގަންވީ ނިޒާމީ ވޯޓެއް ނޫން، ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމުގެ ވޯޓެއް"

20 Apr 2021 | 12:57

އެންމެ ފުރަތަމަ ނަގަންވީ ނިޒާމީ ވޯޓެއް ނޫން ކަމަށާއި، މިހާރު އޮތް ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން ޖެހޭ ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޤް މުފީދު ވިދާޅުވެއްޖެއެެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ބަހުސް ހޫނުވެފައިވާއިރު، ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ، މިކަމުގެ ރައްޔިތުންގެ ބަސް މުހިންމު ކަމަށް އެންމެ ފަހުން ޤަބޫލުފުޅުކުރައްވާފައެެވެ.

ޝިފާޤު ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމުގެ ކުރިން، ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން ޖެހޭ ކަމަށެވެ.

" ނިޒާމީ ވޯޓަކަށް ދިއުމުގެ ކުރިން، ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ޤައުމުގެ ސިޔާދަތު ވިއްކާލި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު އޮތްތޯބެލުމުގެ ވޯޓެއް ނަގާ" އޭނާ ކުރެއްވި ޓްވީޓެއްގައި ވެއެވެ.

Advertisement

ކޮމެންޓް