Advertisement

ސަސްޕެންޑް ކުރަންވީ ޚަރަދަށް ޒިންމާވުމުގެ ޤާނޫނެއް ނޫން، ރައީސުލްޖުމްހޫރިއްޔާ: ޝިޔާމް

20 Apr 2021 | 12:20

ސަސްޕެންޑް ކުރަންވީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނެއް ނޫން ކަމަށާއި، ސަސްޕެންޑު ކުރަންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަަނަ މާއްދާގެ (ހ)، (ރ) އަދި (ބ)ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

"ޚަރަދަށް ޒިންމާވާ ޤާނޫނުގެ މާއްދާތަކާއި އަކުރުތަކެއް ނޫން ސަސްޕެންޑް ކުރަންވީ. ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާތީ، ރައީސުލްޖުމްހޫރިއްޔާ ސަސްޕެންޑް ކުރަންވީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ބައެއް ކައުންސިލްތަކުން ކަރަންޓު ބިލު ނުދައްކައިގެން، އެކައުންސިލަރުން އެލްޖީއޭއިން ސަސްޕެންޑް ކުރިތަން ފެނިގެން ދިޔަ ކަމަށާއިި، ގައުމު ދަރުވަމުންދާތީ ރައީސުލްޖުމްހޫރިއްްޔާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހުވެސް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭގޮތް ހަދައި، ފައިސާ ޗާޕު ކުރުމަށް މަޖިލީހުން ރުހުން ދިނުމުން، ރައްޔިތުން ބަނޑަށް ޖެއްސުން ނޫން ކަމެއް ކުރިތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ. 

Advertisement

ކޮމެންޓް