އަލްހާން އަނެއްކާވެސް އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް މަސައްކަތްކުރައްވަނީ

20 Apr 2021 | 13:16

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ އެއްޕާޓީ ކަމުގައިވާ، އަދި މިހާރުވެސް ވެރިކަން ކުރަމުން އަންނަ އެމްޑީޕީއާއި ގުޅުމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްޙާން ފަޙުމީ ނިންމައިފިއެވެ.

އަލްޙާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އާއި އަލުން ގުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މިދަނީ އަނެއްކާވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ އެމްޑީޕީ އިސްލާހުކުރުމުގެ މަސައްކަތް ކުރަން އެޕާޓީއަށް!" އަލްޙާން ވިދާޅުވިއެވެ.

އަލްޙާން ވިދާޅުވީ، އެމްޑީޕީން އޭނާ ވަކިކުރީ އެމަސައްކަތް ކުރާތީ ރައީސް މުހައްމަދު ނަޝީދުގެ ނުހަމަ ޚުދުމުޚްތާރު ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

އަލްހާން އެމްޑީޕީއާއި އަލުން ގުޅުމަށް ބޭނުންވެ އެކަން އިއުލާން ކުރެއްވި ނަމަވެސް އެމްޑީޕީން އަދި އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement