އޭދަފުއްޓަށް އަރައި ފޭބުން މަނާކޮށްފި

20 Apr 2021 | 12:46

ބ.އޭދަފުށިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އޭދަފުށި މޮނިޓަރިންނަށް ލާފައިވަނީ ރޯގާގެ ޢަލާމާތްތައް ހުރެގެން އެރަށު ފުލޫކުލްނިކަށް ދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. 

އޭދަފުށިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ހައަކަށް މިހާރު ވަނީ އަރާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ވަނީ މަޢުލޫމާތު ދީފައެވެ.

އޭދަފުށިން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން އެރަށު ސްކޫލުގެ ދަށް ގުރޭޑުގެ ކިޔެވުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އަދި ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، ޒަރޫރީ ބޭނުންތަކުގައިވެސް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement