Advertisement

ރާހުލް ގާނދީ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

20 Apr 2021 | 15:26

އިންޑިއާގެ ސިޔާސީ މަޝްރަހުގައި ބާރުގަދަ ކޮންގްރެސް ޕާޓީގެ އެންމެ އިސް އެއް ލީޑަރުކަމަށްވާ ރާހުލް ގާނދީ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުފުޅުން 50 އަހަރުގެ ރާހުލް ގާނދީ ކޮވިޑަށް ޕޮޒިޓިވްކަން އެބޭފުޅާ ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ރާހުލް ވިދާޅުވީ ބަލީގެ އާދައިގެ އަލާމާތްތަކެއް ފެނުމަށްފަހު، ކޮވިޑް-19އަށް ޕޮޒިޓިވްވެ ވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން މިފަހުން އެބޭފުޅާއާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކޮށް، ރައްކާތެރިވެ ތިބުމަށް ރާހުލް ވަނީ އެދިލައްވާފައެވެ.

އިންޑިއާގައި ކޮވިޑް-19ގެ ބަލިމަޑުގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު، މިދިޔަ އާދިއްތަ ދުވަހުގައި ރާހުލް ގާނދީވަނީ އިންޑިއާގެ ވެސްޓް ބެންގޯލްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން އެއްވުންތައް ބޭއްވުން މަޑުޖައްސާލުމަށް ނިންމަވާފައެވެ. އަދި ރާހުލް ވަނީ އެހެނިހެން ސިޔާސީ ފަރާތްތަކުންވެސް ހަމަ އެބީދައިން އަމަލުކުރުމަށް އެދިލައްވާފައެވެ.

ރާހުލްގެ އިތުރުން، ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއްކަމަށްވާ ކުރީގެ ބޮޑުވަޒީރު ޑރ.މަންމޯހަން ސިންގވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެ ވަޑައިގެންފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑރ.މަންމޯހަން މިހާރު ވަނީ ދިއްލީގެ އެއިމްސް ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައެވެ.

Advertisement

ކޮމެންޓް