Advertisement

ސައިކަލެއްގެ މަޑި ދަށުން ފޯނެއް ނެގި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށްފި

21 Apr 2021 | 12:59

ސައިކަލެއްގެ މަޑި ދަށުން މޮބައިލް ފޯނެއް ނެގި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓް، އަދި ރަސްމީ ޓްވިޓަރ އެކައުންޓުގައި ވަނީ ވައްކަން ކުރި މީހާގެ ވީޑިއޯ އާންމުކޮށްފައެވެ.

ވީޑިއޯ އާންމު ކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ވީޑިއޯއިން ފެންނަ މީހާއަކީ ފަތާ ޓްރެކް ސަރަޙައްދުގައި ހުރި ސައިކަލެއްގެ މަޑިދަށުން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަޙުޤީޤަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެމީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންނަށް ގުޅައި އެކަން އެންގުމަށްވެސް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement