Advertisement

އުރީދޫ އަދި މިޝަން ފޮރ މައިގްރެންޓް ވާކަރސްއިން ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާކޮށްފި

24 Apr 2021 | 13:42

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ އުރީދޫ ކުންފުނިން، ބިދޭސީންނަށް އިފްތާރު ޕެކްތައް ފޯރުކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހަވީރު އުރީދޫއިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުގައި ވަކާލާތުކުރުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެއްކަމަށްވާ މިޝަން ފޮރ މައިގްރެންޓް ވާކަރސް މޯލްޑިވްސްއާ ގުޅިގެންނެވެ.

މި ހަރަކާތާއި ގުޅޭގޮތުން "ވޮއިސް"އަށް މަޢުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސްގެ އެސިސްޓެންޓް މެނޭޖަރ، ބްރޭޑިންގ މަރިޔަމް ފަލަކް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން އިއްޔެ ހަވީރު މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްެދުގައި 100 އެއްހާ ބިދޭސީންނަށް އެކުންފުނީގެ ފަރާތުން އިފްތާރު ޕެކްތައް ހަދިޔާކޮށްފައިވާނެކަމަށެވެ.

އަދި މި ހަރަކާތް މިއަހަރުގެ ރަމަޟާންމަސް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގައިވެސް ކުރިއަށްގެންދާނެކަމަށް ފަލަކް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް