Advertisement

އިންތިޚާބުގައި ވޯޓު ލެވެނީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް: އެމްޑީޕީ

24 Apr 2021 | 13:43

ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު އަންނަ މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއިންތިޚާބުގައި ވޯޓު ލެވޭނީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.

މިއަދު އެމްޑީޕީން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެޕާޓީގެ ތަރުޖަމާނު އިމްތިޔާޒު ފަޙުމީ ވިދާޅުވީ،އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެން ވަނީ 93،354 މީހުންނަށް ކަމަށްވާއިރު، ވޯޓު ލެވޭނީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އިންތި ވިދާޅުވީ މިއިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު މިއަދު އާންމު ކޮށްފައިވާ ކަމަށާއި، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހު 28 ވަނަ ދުވަހުގެ ހަވީރު 4:00 ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށިތައް ބަހައްޓާނެ ކަމަށާއި، ނަމަވެސް ޖަލުގައާއި ރާއްޖެއިން ބޭރުގައި އަދި ސިނާއީ ކަންކަމަށް ކަނޑައަޅާފައި ހުންނަ ތަންތަނުގައި ވޯޓުލުން ކުރިއަށް ނުގެންދާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ކައުންސިލް އިންތިޚާބުވެސް ބާއްވާފައިވާ ކަމަށާއި، އެހެންކަމުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުވެސް ބޭއްވޭނެ ކަމަށެވެ. އެގޮތުން އެތެރޭގެ އިންތިޚާބުވެސް ބާއްވާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް