ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިިކޮޅުން މަގުމައްޗަށް ނުކުމެއްޖެ

24 Apr 2021 | 23:31

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިހުތިޖާޖަށް ނުކުމެއްޖެއެވެ.

މި އިހުތިޖާޖު ފެށީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ދޮރުމަތީންނެވެ. އިހުތިޖާޖު ރޫޅާލުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބައެއް ބައިވެރީން ވަނީ ހައްޔަރުކޮށްފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން މަގުމައްޗަށް ނުކުމެފައިވާއިރު، އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ ޢާއިލާއިން ވަނީ އެދިފައެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާއިރު، ރަމަޟާންމަހުގެ 10 ދުވަސް ފާއިތުވިއިރުވެސް، އެކަން ކޮށްފައި ނުވުމަކީ އިދިކޮޅުގެ ކަންބޮޑުވުމެކެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ، އެމަނިކުފާނު ޖަލުގައި ހުންނަވާތާ 505 ދުވަސް ވަނީ ވެފައެވެ. 

Advertisement

ކޮމެންޓް