މާދަމާ ރޭވެސް ނުކުންނާނަން، ނުހުއްޓުވޭނެ: އިދިކޮޅު

24 Apr 2021 | 23:41

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، މާދަމާ ރޭވެސް ނުކުންނާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަރަކާތު ކޮމެޓީއިން ބުނެފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިރޭ ކުރިއަށް ގެންދާ އެއްވުމުގައި ބައިވެރިވެވަޑައިގެން، ޗެނަލް13އަށް ދެއްވި ބަސްދީގަތުމެއްގައި، ހަރަކާތު ކޮމެޓީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށްފަހުގައި ނޫނީ އިދިިކޮޅުގެ މަސައްކަތްތައް ހުއްޓާ ނުލާނެ ކަމަށެވެ.

އިދިކޮޅުން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ ފަހު ދިހަޔަކާއި ހަމައަށްވެސް، ހުއްޓުމެއް ނެތި، އެއްވުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން މިރޭ ފެށި އިހުތިޖާޖު ރޫޅާލުމަށްޓަކައި އެސްއޯ ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement