އަމާޒަކީ މާލެ އަތޮޅު ސްމާޓް އަތޮޅަކަށް ހެދުން: ނިމާލް

25 Apr 2021 | 14:47

ސްމާޓް އަތޮޅަކަށް މާލެ އަތޮޅު ހެއްދެވުމަކީ އަމާޒެއް ކަމަށް މާލެ އަތޮޅުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި މުޙައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބު ރައީސްކަންވެސް ކުރައްވާ ނިމާލު މިހެން ވިދާޅުވެފައިވަނީ، އޭނާ ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ. ނިމާލު ވިދާޅުވި ގޮތުގައި، އޭނާއާއިއެކު ބާއްވާ އެންމެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައިވެސް ރަށްވެހި ޚިދުމަތް ޒަމާނީ ކުރުމަށް މަސައްކަތްތައް ފެށިގެންދާނެއެވެ.

"މިސްރާބު ހިފާނީ ޑިޖިޓަލް ޕްލެޓްފޯމްއާއި ދިމާލަށް. އަތޮޅު ކައުންސިލް، ކޮންމެ ރަށު ކައުންސިލެއްގެ އަމާޒު ޔަގީން ކުރާނީ އައިއެސްއޯ ޚިދުމަތުން ރައްޔިތުން މޫނުމަތިން އުފާވެރިކަން ގެނައުމަށް" ނިމާލު ވިދާޅުވިއެވެ.

ނިމާލު ވިދާޅުވީ ރައްޔިތުން އޭނާގެ އަތުގައި ހިފައި ކުރި އިތުބާރުގެ އަގު އަދާކޮށްދޭނީ، މާލެ އަތޮޅަކީ ނަމޫނާ އަތޮޅަކަށް ހައްދަވައިގެން ކަމަށެވެ.

"ތިޔަ ރައްޔިތުންގެ އުއްމީދުތަކަށް އަޅުގަނޑު ދަންނަވާނީ ފެހި ފެހި ފިޔާތޮށި ކުލަޔަކުން، އާފާގު ޒީނަތް ކޮށްފިޔޭ، ކެހި ފުސްވިލާތަށް އުދަރެހުން މުސްތަޤުބަލަށް ދައްކައިފިއޭ" ނިމާލު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement