އާސެނަލްގެ ސަޕޯޓަރަކު ޑެލެ އަލީގެ ބޮލުގައި ފެންފުޅިއަކުން ޖެހި މައްސަލަ ބަލަނީ

20 Dec 2018 | 14:27

ކަރަބާއޯ ލީގު ކަޕްގައި އާސެނަލް އަތުން 2-0 ޓޮޓެންހަމް މޮޅުވި މެޗުގައި ޓޮޓެންހަމްގެ ތަރި ޑެލެ އަލީގެ ބޮލުގައި އާސެނަލްގެ ސަޕޯޓަރަކު ފެންފުޅިއަކުން ޖެހި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމުގައި ފުލުހުން ހާމަކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގައި އުމުރުން 22 އަހަރުގެ ޑެލެ އަލީގެ ބޮލުގައި ފެންފުޅިއަކުން ޖަހާފައިވަނީ 73 ވަނަ މިނެޓުގައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި އާސެނަލްގެ ކަމައިބެހޭ ފަރާތްތަކައި ގުޅިގެން މި މައްސަލައިގަ ކުއްވެރިވާ މިހާ ހޯދުމުގެ ހުރިހާ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމުގައެވެ.

ކަމައިގުޅޭ ގޮތުން އާސެނަލްގެ ފަރާތުން އިނގިރޭސި މީޑިއާގައި ބުނެފައިވަނީ އެ ހާދިސާއައި ގުޅޭ ސީސީޓީވީ ފުޓޭޖްތައް ބަލަމުން ގެންދާކަމަށެވެ.

އެ ހާދިސާ ހިނގާ ދިޔުމުގެ ކުރިން ޑެލެ އަލީވަނީ އޭނާގެ އަތުން 2-0 ޓޮޓެންހަމް ކުރީގައި އޮތް ކަމުގެ އިޝާރާތް އިދިކޮޅު ސަޕޯޓަރުންނަށް ދައްކާފައެވެ.

މިކަމައި ބެހޭ ގޮތުން ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ބުނީ އެހެން ގައުމެއްގައި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެ ދަނޑެއް ދުވަސްކޮޅަކަށް ބަންދުކޮށްލާ ކަމުގައެވެ. ބައެއް ސަޕޯޓަރުންގެ އަހުލާގު ވަރަށް ދަށް ކަމަށައި ނަސީބަކުން މިފަހަރު މި މައްސަލަ މާ ބޮޑު ކަންތައް ގަނޑަކަށްވެގެން ގޮސްފައިނުވާ ކަމަށެވެ.

ސަން އަދި ޑެލެ އަލީ ޖަހައިދިން ލަނޑުތަކާއެކު ޓޮޓެންހަމް އޮތީ ކަރަބާއޯ ލީގު ކަޕްގެ ސެމީ ފައިނަލަށް ގޮސްފައެވެ. ސެމީ ފައިނަލުގައި ޓޮޓެންހަމް ބައްދަލުކުރާނީ ޗެލްސީއާއެވެ. ލީގު ކަޕްގައި ކުޅެވޭ އަނެއް ސެމީގައި ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީ އަދި ބާޓަން އަލްބިއޮންއެވެ.  

Advertisement

ކޮމެންޓް

Advertisement