Advertisement

ދިވެހި ރައްޔިތުންނަށްވުރެ ސަރުކާރުން އިސްކަންދެނީ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް: ޢަބްދުއްރަޙީމް

25 Apr 2021 | 14:11

ދިވެހިރައްޔިތުންނަށްވުރެ މިސަރުކާރުން އިސްކަންދެނީ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ކުރިއަަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަބްދުލްރަޙީމް ވިދާޅުވީ، ސަރުކާރުން މިއަދު ދިވެހި ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށްވުރެ ބޭރުގެ އެހެން ޤައުމުތަކުގެ މީހުންގެ ސަލާމަތަށް އިސްކަން ދީފައިވާކަމަށެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ ކޮވިޑްް-19 އާއި ގުޅިގެން މިހާރު އިންޑިއާގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި އެކަމަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަމުންނެވެ.

އަދުރޭ ވިދާޅުވީ، އިންޑިޔާއިން އެކި ޤައުމުތަކަށް މަސައްކަތުގައާއި އެކި ކަންކަމުގައި ދާމީހުން ކަރަންޓީން ވާ ޤައުމަކަށް ރާއްޖެ ހަދާފައިވާ ކަމަށެވެ.

"އިންޑިޔާގައި މުޅިން އައު ވޭރިއަންޓެއް ފެތުރެމުންދާއިރު، މިއީ ނުރައްކާތެރިކަން އިންތިހާއަށް އޮތް ވޭރިއަންޓެއް. ދިވެހި ރައްޔިތުންނަށްވުރެ ސަރުކާރުން އިސްކަންދެނީ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް. ކޮވިޑް އެންމެ ފުރަޔަމަ ފެތުރުނީވެސް ރައީސް ޞާލިޙުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. އޭރުވެސް އަޅަންވީ ފިޔަވަޅުތައް އަޅުގަނޑުމެން ކިޔައިދިނިން، ހުށަހެޅިން. ނަމަވެސް އެކަންކަމަށް ސަރުކާރުން އިޖާބައެއް ނުދިން."، އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، މިބަލި އަތޮޅުތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ސަރުކާރުން އެކަމަށް އެކަސީގެންވާ ފިޔަވަޅެއް އަޅަމުން ނުދާ ކަމަށެވެ.

Advertisement

ކޮމެންޓް