Advertisement

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭގޮތުން އާ ވާހަކައެއް ނެތް: ރައީސް އޮފީސް

26 Apr 2021 | 02:28

އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާމެދު މީޑިއާތަކާއި ހިއްސާ ކުރާނެ އާ މަޢުލޫމާތެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

"ވޮއިސް"އަށް މަޢުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އެކަމުގެ "އަޕްޑޭޓެއް އަދި ނެތް" ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއަށް ސިޓީއެއް ފޮނުއްވައިފައެވެ. ރައީސް ޞާލިހު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކަމާއިބެހޭ ފަރާތްތަކާއިއެކު ކުރަމުން އަންނަ ކަމަށާއި، އެމަނިކުފާނަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.

އެހެންނަމަވެސް ރޯދަމަހުގެ ދެހަފުތާ ނިމުނުއިރުވެސް، އެމަނިކުފާނު ގެއަށް ބަދަލުކޮށްފައި ނުވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، "ދޭތިން އެކައްޗަށް" މިނަމުގައި، އަންނަ އަންގާރަ ދުވަހުގެ ރޭ 9:30ގައި ބޮޑު އެއްވުމެއް ބާއްވާނެކަން އިޢުލާނު ކޮށްފައެވެ. 

Advertisement

ކޮމެންޓް