Advertisement

މަޖިލިސް ސިފަވަނީ މޮޔައެއް އަތަށް ދީފައި އޮތް ކަނޑިއެއް ގޮތަށް: މަލީހު

25 Apr 2021 | 23:10

ރައްޔިތުންގެ މަޖިލިސް ސިފަވަނީ މޮޔައެއް އަތަށް ދީފައި އޮތް ކަނޑިއެއް ގޮތަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެއަހަރުވީއިރު، ފާހަގަކޮށްލެވޭ ވަރުގެ މަސައްކަތެއް ސަރުކާރަށް ކުރެވިފައި ނެތް ކަމަށެވެ.

" ފާހަގަކޮށްލެވޭ ފަދަ އާދަޔާ ޚިލާފު ކަމެއް ނުކުރެވި ދައުރުގެ ބޮޑުބައި ނިމިއްޖެ. ސަރުކާރު ލޮނުމަޑު. ސްޕީޑް ދަށް. ސަރުކާރެއް ނުފެނޭ." މަލީހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގަިއ، މި ސަރުކާރަކީ ރައްޔިތުންނަށް އޮތް ތަކުލީފަކަށް ވެފައިވާ ކަަމަށެވެ. ރިޔާސީ ނިޒާމުވެސް ކިލަނބު ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް ސިފަވަނީ މޮޔައެއް އަތަށް ދީފައި އޮތް ކަނޑިއެއް ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.   

Advertisement

ކޮމެންޓް

Advertisement