ގުރުއަތުން ނެގުނު ފުލެޓާއި، ފްލޯ އާއި ޓަވަރު ބަލާނެގޮތަކީ މިިއީ!

27 Apr 2021 | 19:56

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތައް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ޔުނިޓުތައް ކަނޑައެޅުން ބާއްވާ ގުރުނެގުމުގެ ދެވަނަ ބުރު މިއަދު ހެނދުނު ވަނީ ފަށާފައެެވެ.

އެ ފުލެޓުތަކުގެ ޔުނިޓްތަކަށް ގުރުނެގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ދެވަނަ ބުރުގެ ގުރުނެގުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، މި ބުރުގައި ގުރުނަގާނީ އެޗް4 އިން ފެށިގެން އެޗް9އާއި ހަމައަށް ކަމަށެވެ. މީގެ އިތުރުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި، ފުލެޓަށް ފައިސާ ނުދެއްކިގެން ފުލެޓު ނުލިބިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅުން ފުލެޓު ގަތް ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓުތައް ޚިޔާރުކުރި ފަރާތްތަކުގެ މެދުގައިވެސް ގުރުނެގުން އޮންނާނެކަމަށް ވަނީ ބުނެފައެވެ.

އެކުންފުނިން މަޢުލޫމާތުދިން ގޮތުގައި ގުރުނެގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި އޮންނާނީ ހެނދުނު 9 އިން ފެށިގެން މެންދުރު 12 އަށެވެ. ދެވަނަ ދަންފަޅި އޮންނާނީ މެންދުރުފަހު 1 އިން ފެށިގެން 3 ޖަހަންދެނެވެ.

ދައުލަތުގެ މީޑިއާ ޕީއެސްެއެމްގެ ޔެސްޓީވީން ލައިވްކޮށް ކުރިއަށްދާ މި އިވެންޓްގައި އެ ކެޓަގަރީތަކުން ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުން ކުރިއަށް ގެންދެވޭނީ ފުލެޓު ނަންބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީ އިން ފުލެޓު ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަންބަރު ތަރުތީބުންނެވެ.

މީގެއިތުރުން، ގުރުއަތުން ނެގުނު ފުލެޓާއި، ފްލޯ އާއި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ދައްކާނެއެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓު ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނުނަންބަރަށް SMS ޒަރިއްޔާއިން ހިއްސާވެސް ކުރެވޭނެއެވެ.

ހިޔާ ފުލެޓު ނަންބަރު ބަލާނެގޮތް:

ހިޔާ ފުލެޓުތަކުގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބިފައިވާގޮތް ބެލުމަށް ތިރީގައިގައި ބަޔާންކުރަ ގޮތަށް ކަންތައްކުރާށެވެ.

1. އެޗްޑީސީ ހިޔާ ޕޯޓަލައަށް ޒިޔާރަތްކުރައްވާ

https://hiyaa.hdc.com.mv

2. ދާއިމީ ލިސްޓުގައި ފުލެޓު ލިބިފައިވާ ފަރާތުގެ އައިޑީކާޑު ނަންބަރު ޖައްސަވާ

މި ނަންބަރު ޖެހުމަށް ޚާއްޞަކޮށްފައިވާ ސާޗު ގޮޅީގައި ޖަހައި ސާޗަށް ފިތާލާށެވެ.

ދެންފެންނާނީ އެމީހަކަށް ކަނޑައަޅާފައިވާ ޓަވަރު، ފަންގިފިލާ، އަދި ފުލެޓު ނަންބަރެވެ.

ހުޅުމާލެ ޗާޓުންވެސް ލިބޭ ފުލެޓު ހުންނަ ސަރަޙައްދު މާކުކުރެވިފައިވާނެއެވެ.


ނޯޓް: މަތީގައިވާ ޕޯޓަލް ގައި ID ކާޑު ނަމްބަރު ޖެހީމައި ލިބުނު ފުލެޓު ފެންނާނީ ގުރުއަތުލައި ނިމިފައި ތިބި މީހުންނެވެ

އަދި ގުރުއަތު ނުލާ މީހުން އޭގައި ID ނަންބަރު ޖެހިޔަސް އަދި އެއްޗެއް ނުފެންނާނެއެވެ.

Advertisement

ކޮމެންޓް