އެމްއެމްޕީއާރްސީގެ ނަމުގައި ރައީސް ޔާމީން ޖަލަށްލި މައްސަަލަ ބަލަންޖެހޭ: ޑރ.ޖަމީލު

28 Apr 2021 | 06:09

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތް ބެލުމުގެ ނަމުގައި، ރައީސް ޔާމީން ނުޙައްޤުން ޖަލަށްލި މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭ ކަމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު، ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ.ޖަމީލު ވިދާޅުވި ގޮތުގައި، ބޮޑު ޚިޔާނާތާއި ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ޤާނޫނު ހިންގަވަން ކެރިވަޑައިގަންނަވާނަަމަ، އެމްޑީޕީގެ މުޅި ލީޑަރޝިޕްވެސް އޮންނާނީ ޖަލުގައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ޖަލަށްލިއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން، ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު އެކަންޏެވެ. ޚިޔާނާތުގެ ފައިސާ ބޭނުންކުރިކަމުގެ ތުހުމަތު 300އަށްވުރެ ގިނަ މީހުންގެ މައްޗަށް ކުރެވޭއިރު، ހަަމައެކަނި ރައީސް ޔާމީންއަށް އަދަބު ދިނުމަކީ، މިއީ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ މައްސަލައެއްކަން އެނގޭ ކަމެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ފާހަގަކުރައްވައެވެ. 

Advertisement

ކޮމެންޓް

Advertisement