Advertisement

ރައީސް ނަޝީދުގެ އިންޒާރެއް: ކިތަންމެ ބޮޑު އަމީރަކަސް، ޚިޔާނާތުގެ މައްސަލައިގައި ނުރެކެވޭނެ

27 Apr 2021 | 12:34

ކިތަންމެ "ބޮޑު" ވަޒީރެއްގެ މައްޗަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވުނު ނަމަވެސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވަނިކޮށް، އެމައްސަލައިން ނުރެކެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނު ރިޔާސަތުގައި އިންނަވަނިކޮށް، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ހިންދާ ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑު ރިޔާސަތުގައި އިންދާ، އިރާދަކުރެއްވިއްޔާ އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއް ނުފޮރުވޭނެ. މިތަނުގެ ކިތަންމެ ބޮޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވިޔަސް، މިތަނުގެ ކިތަންމެ ބޮޑު ވަޒީރަކަށް ވިޔަސް، މިތަނުގެ ކިތަންމެ ބޮޑު އަމީރަކަށް ވިޔަސް، އަޅުގަނޑު މި މަޤާމުގައި އިންނަ ކަމަށް ވަނީނަމަ، މިކަމުގެ އަޑި، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޯދާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ބެލުމަށް ރައްޔިތުންގެ މަޖިލިސް އެހީތެރިވެދޭނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަަމަށެވެ. ރާއްޖޭގެ ޚޒާނާއިން އެތައް މިލިއަން ޑޮލަރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ބައެއް ވަޒީރުންނަށާއި އެހެން މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް، ބަހާލި ގޮތް، ވަރަށް ތަފުސީލުކޮށް، ހެއްކާއި ގަރީނާއާއި އެކުގައި ސަރުކާރުގެ ކަމާއި ބެހޭ ކޮމިޝަނަށް ހުށަހެޅިފައިވާ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"270 މީހަކަށް ދަޢުވާ ކުރުމަށް، މިހާރުވެސް ވަނީ ފާހަގަވެފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮޑު ޚިޔާނާތާއި ގުޅުންހުރި އެންމެންގެ މައްޗަށް ދަޢުވާ ކުރާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވަނީ، މިކަމާއި ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށްވެސް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement