ސަރުކާރުން ޖަހާހާ ބެރަކަށް މަޖިލީހުގެ 65 މެންބަރުން ނަށާތީ ވާނެ ހަތަރެތި ވެއްޖެ: ޝިޔާމް

27 Apr 2021 | 23:41

ސަރުކާރުން ޖަހާހާ ބެރަކަށް، ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުން ނަށަމުން ދިޔުމުން ވާނެ ހުރިހާ ގޮތެއް، ދިވެހި ޤައުމަށް ވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކެއް ނުފުއްދާ ކަމަށެވެ.

ރައްޔިތުން އެޕާޓީއަށް، ރައްޔިތުންގެ މަޖިލީހުގެ 75 އިންސައްތަ ދިނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޗާޕުކޮށްގެން ހޯދާ ފައިސާ، ގޮތެއް ފޮތެއް ނެތި ބަހާލާތީ ހުށަހެޅުއްވި މައްސަލަވެސް ބަލައިނުގަތްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"ކޮބާތޯ އެމްއެމްޕީއާރްސީގެ މައްސަލަ ބެލިފަ؟ ކޮބާތޯ މަރުތަކުގެ މައްސަލަ ބެލިފަ؟ ކޮބާތޯ މަސްވެރިންނަށް ހަމަ އަގު ދެވިފަ؟ މިއިން ކަމެއް ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެބައުޅުއްވާތޯ؟" ޝިޔާމް ސުވާލު އުފެއްދެވިއެވެ.

Advertisement

ކޮމެންޓް