އެމް.އެމް.ޕީ.އާރު.ސީ ގެ ވާހަކައަކީ ރޯދަ ކުރު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވޭ: ފައިރޫޝް

27 Apr 2021 | 15:00

އެމްއެމްޕީއާރްސީގެ ވާހައަކީ ރޯދަ ކުރު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވޭ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޟް ކުރެއްވި ޓުވީޓުގައި މިގޮތަށް ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްއެމްޕީއާރްސީގެ މައްސަލަ ބައްލަވާނެ ކަމަށާއި، އަދި އެކަމުގައި ބައެއް މެންބަރުންގެ ގޮނޑި ގެއްލުންވެސް އެކަށީގެންވާ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ދިން ރައްދެއްގެ ގޮތުންނެވެ.

"އެމްއެމްޕީއާރްސީގެ ވާހައަކީ ރޯދަ ކުރު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވޭ" ފައިރޫޟް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮތުގައި ރައީސް އެމަނިކުފާނަށް އިނދެވޭނަމަ ބައްލަވާނެ ކަމަށާއި، އަދި އެ މައްސަލަ ބަލައިފިނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި އިންނަވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" މަޖިލީހުގެ ރިޔާސަތުގައި އިންނަވާހާ ހިނދަކު އެމައްސަލަ ބައްލަވާނެ ކަމަށެވެ.

އަދި މިލިއަން ޑޮލަރު ނާޖާއިޒް ގޮތުގައި ޢިއްޒަތްތެރި ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނަށާއި އަދި އެހެން ވެސް އިދާރާތަކުގެ އެތައް ބަޔަކަށް ލިބުނުކަން ވަރަށް ތަފުސީލުކޮށް ހެއްކާއި ގަރީނާއާއެކުގައި ވާނީ ސަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށް ހުށަހެޅިފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް