އެއްވުމަށް ހުރަސް އެޅުމުން އަބްދުއްރަހީމްގެ ސުވާލުތަކެއް ރައީސް ޞާލިހަށް!

27 Apr 2021 | 23:04

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކުރިއަށް ގެންދާ އެއްވުމަށް ފުލުހުން ހުރަސް އެޅުމުން، އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އޭނާ މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ރައީސް ޞާލިޙު އެހާ ބިރުފުޅުން އުޅުއްވަނީ ކޮންކަމަކާތޯ ސުވާލު ކުރައްވައިފައެވެ.

" މަނިކުފާނަށް ރައްޔިތުންގެ ލޯބި ނުހޯދުމަކީ ރައީސް ޔާމީނުގެ ކުށެއްތޯ؟ މަނިކުފާނަށް ވާނުވާ ނޭނގުމަކީ ވާދަވެރި ސިޔާސީ ޕާޓީން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއްތޯ؟ ބަލަ އެއީ މަނިކުފާނުގެ ނާގާބިލުކަން ނޫންތޯ؟" ޢަބްދުއްރަޙީމް ސުވާލު އުފެއްދެވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ރައީސް ޞާލިޙު ޑިމޮކްރަސީ އުނގަންނައިދިނީ ކާކުތޯވެސް ސުވާލު ކުރައްވައިފައެވެ.

ވާދަވެރިސިޔާސީ ލީޑަރ ނުޙައްގުން ޖަލުގައި ބަންދުކޮށް، ވާދަވެރި ސިޔާސީ ޕާޓީގެ އޮފީސް ބަންދުކޮށް ސިޔާސީ ހަރަކާތެއް ހިންގިޔަ ނުދީ ރައީސް ޞާލިޙު އުޅުއްވަނީ ކޮންކަހަލަ ވެރިކަމެއް ކުރައްވަންތޯވެސް އޭނާ އެއްސެވިއެވެ.

"ނުވަންޏާ އިސްތިއުފާ ދޭންވީނޫންތޯއެވެ؟"

ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން މިރޭ ނުކުތީ ދޭތިން އެކައްޗަށެވެ. ނަމަވެސް މިރޭގެ އެއްވުން ކުރިއަށް ގެންދިޔުމަށްވެސް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. އަދި ޕީޕީއެމްގެ އޮފީހަށް ނުވަދެވޭ ގޮތަށް ބަންދުވެސް ކޮށްފައިވެއެވެ. 

Advertisement

ކޮމެންޓް