އެއްވުން ނުފެށެނީސް ޕީޕީއެމްގެ ދެ ވަކީލަކު ހައްޔަރުކޮށްފި

27 Apr 2021 | 23:45

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ އެއްވުން ނުފެށެނީސް ޕީޕީއެމްގެ ވަކީލުން ކަމުގައި މޫސާ ފަތުހީ އާދަމްއާއި، މުޙައްމަދު ރާގިބު ހައްޔަރުކޮށްފިއެވެ.

އެދެމީހުން ހައްޔަރުކޮށްގެން ގެންދިޔައިރު، ފުލުހުންގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވި އަޑުވެސް އިވެއެވެ.

މިރޭގެ އެއްވުން ކުރިއަށް ގެންގޮސްފައިވަނީ "ދޭތިން އެކައްޗަށް" މިނަމުގައެވެ. އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމްގެ އޮފީހަށް ނުވަދެވޭނެހެން އެތަން ބަންދުކޮށްފައެވެ.

އެއްވުމުގެ ބައިވެރީން މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވެ އަޑު އުފުލަމުން އަންނައިރު، ގިނަ އަދަދެއްގެ ފުލުހުން މިރޭގެ އެއްވުން ރޫޅާލުމަށް މަސައްކަތް ކުރަަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

Advertisement

ކޮމެންޓް

Advertisement