ބޮޑުތަކުރުފާނު މަގު ބުރާސްފަތި ދުވަހު އާންމުނަށް ހުޅުވާލަނީ

04 Sep 2018 | 09:57

ސިނަމާލެ ބުރިޖާއި ގުޅިގެން ތާރު އަޅައިގެން ހަދާފައިވާ ބޮޑުތަކުރުފާނު މަގު ބުރާސްފަތި ދުވަހު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިފަދައިން ވިދާޅުވީ ކުރައްވާފައިވާ ޓުވީޓެއްގަ އެވެ. މިނިސްޓަރ ވިދާޅުވީ، ބްރިޖް އާއި ގުޅިގެން ހަދާ ބޮޑު ތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ ރޯޑް މާރކިން މަސައްކަތްތަކާއި، ލައިޓް ޕޯސްޓް ތަކުގެ ބުޑު އެޅުމުގެ މަސައްކަތާއި، ހުރަސް މަގުތަކާއި ގުޅުވައިލުމުގެ މަސައްކަތްތައް ނިންމަމުން ދަނީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ. އަދި މިކަންކަން ނިންމާ މިހަމުގެ 6 ވަނަ ދުވަހު މަގު އާންމުންނަށް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހުޅުމާލެ ފެރީ ޓާމިނަލުން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައިވާއިރު މަގުގައި ހަތަރު ލޭން ހަދަން ނިންމައި މަގު ވަނީ 12 މީޓަރަށް ފުޅާކޮށްފަ އެވެ.

ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ، ބޮޑު ތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު އެވެ. 

Advertisement

ކޮމެންޓް