"ޢިމްރާންގެ މޭސްތިރިކަމުގައި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލައިފި"

02 May 2021 | 21:23

ހޯމް މިނިސްޓަރު ޢިމްރާންގެ މޭސްތިރިކަމުގައި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު، މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް، ޒުވާނުންތަކެއް ވަނީ ރަސްފަންނުގައި އަޑު އުފުލައިފައެވެ. އެ އިހުތިޖާޖު ހުއްޓުވުމަށްޓަކައި ފުލުހުން ޢަމަލުކުރި ގޮތުން، އެއްވުމުގެ ބައެއް ބައިވެރީންނަށް ވަރަށް ބޮޑަށް އަނިޔާވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންގެ މުއައްސަސާއަށް ވަނީ އަމާޒުވެފައެވެ.

މުއާޒު ކުރެއްވި ޓްވީޓެއްގައި ފާޑުކިޔުންތައް އަމާޒު ކުރެއްވީ، ފުލުހުންގެ ކަންކަން ބަލަހައްޓާ ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި، އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަށެވެ. އެގޮތުން މުއާޒު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ އަގުވެއްޓުނީ "މުނާފިޤު" ވަޒީރެއްގެ މޭސްތިރި ކަމުގައި ކަމަށެވެ.

"ސުލްޙަވެރި އިހުތިޖާޖު ހަޖަމު ނުވާ ބަޔަކަށް މަސައްކަތްތެރިންގެ ޙައްޤު ހޯދައެއް ނުދެވޭނެ" މުއާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަޤާމުން އިސްތިއުފާ ދެއްވަން ޖެހެއެވެ. 

Advertisement

ކޮމެންޓް