ކެބިނެޓަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ރައީސް ގެންދަވަނީ މަޝްވަރާ ކުރައްވަމުން: މަބްރޫކް

02 May 2021 | 22:51

ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފައްޓަވާފައިވާކަމަށާއި، އެކަމުގެ މަޢުލޫމާތު ދެވޭނީ، މަޝްވަރާތައް ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މަބްރޫކް ވިދާޅުވިގޮތުގައި ރައީސް ޞާލިޙު މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ސަރުކާރުގެ އެކި މަޤާމުތަކަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުން ކަމަށެވެ.

މަބްރޫކް ވަނީ އެކި ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ މަޤާމުތަކަށް ބަދަލު އަންނާނެކަަންވެސް ކަށަވަރު ކޮށްދެއްވައިފައެވެ. 

Advertisement

ކޮމެންޓް