Advertisement

ގެއްލުން ލިބޭ ފަރާތްތަކަށް ބަދަލު ދިނުމަކީ ދައުލަތުގެ ޒިންމާއެއް، އެކަމެއް ނުހުއްޓާނަން: ރައީސް އޮފީސް

03 May 2021 | 08:53

އެއްބަސްވުންތައް އުވާލުމާއި ގުޅިގެން ބަޔަކަށް ގެއްލުން ލިބުމުން، ބަދަލު ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެކަން ކުރުން ހުއްޓާލެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަޙްމަދު ޢަބްދުﷲ އަފީފު ވިދާޅުވީ، ސަރުކާރުން ބަދަލު ދެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެފައިވާ އިންސާފު ހޯދައި ދިނުމުގެ ވަޢުދު ފުއްދުމަށް ކަމަށެވެ. އެހެންކަމުން، ދައުލަތުގައި ފައިސާ ހުރި ވަރަކުން، ބަދަލު ދޭން ޖެހޭ ފަރާތްތަކަށް ބަދަލު ދެމުން ގެންދާނެ ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.

މިކަމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކޮށްދެއްވަމުން އަޙްމަދު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުގެ ވިސްނުމަކީ ކޯޓުގެ ތިން މަރުޙަލާ ނުނިމުނަސް ބަދަލު ދިނުން ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ބަދަލު ދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަފީފް ވިދާޅުވީ އެއްބަސްވުންތައް ސަރުކާރުން ބާޠިލު ކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމުގައި ވާނަމަ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދައުލަތް ދިފާޢު ކުރުމުގެ ބަދަލުގައި ސަރުކާރުން މިހާރު ކޯޓުގައި އިޢުތިރާފުވެ، ބަދަލު ދެމުން އަންނަ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement