Advertisement

ޕާކުތަކާއި މައިޒާންތައްވެސް ބަންދު ކުރުމަށް ނިންމައިފި

04 May 2021 | 05:36

ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމަށް ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިކަން ހާމަކޮށްފައެވެ.

މިފިޔަވަޅުތައް، މިމަހުގެ 05އިން 15 ވަަނަ ދުވަހާއި ހަމައަށް ދަންމާލުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުުރުން، ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ޚިދުމަތްތައް އޮންލައިންކޮށް ދިނުންވެސް ހިމެނެއެވެ. އަދި ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު މުބާރާތްތައް މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ. 

Advertisement

ކޮމެންޓް