Advertisement

ގުރުލާ ލިސްޓު ނެރޭއިރު ފޯމު ނަންބަރާއެކު ނެރުމަށް އާންމުންގެ އެކުވެރި ޖަމުޢިއްޔާއިން ގޮވާލައިފި

05 May 2021 | 22:48

ހިޔާ ފުލެޓުތަކުގެ ދާއިމީ ލިސްޓު ސަރުކާރުން އިޢުލާން ކުރިއިރު ފޯމު ނަންބަރު ޖަހާފައި އޮތްނަމަވެސް ފުލެޓު ލިބޭނެ ތަން ކަނޑައަޅަން ގުރުއަތުލާއިރު އައިޑީކާޑު ނަންބަރު ކިޔާތީ އާންމުންގެ ޖަމުޢިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާންމުންގެ ޖަމުޢިއްޔާގެ ރައީސް މިދުޢަމް ސަޢުދު ރޭ "ސަންގު ޓީވީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދާއިމީ ލިސްޓުގައި ހުންނަނީ ނަމާއި ފޯމު ނަންބަރު ކަމަށާއި ނަމަވެސް ގުރުއަތުލާ ލިސްޓުގައި ފޯމު ނަންބަރު ނުޖަހާ އައިޑީ ކާޑު ނަންބަރު ޖެހުމުން ދާއިމީ ލިސްޓުގައި ނެތް ފަރާތަކަށް ފުލެޓު ދިނަސް ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ އެޗްޑީސީން ގުރުއަތުލާއިރު ފޯމު ނަންބަރު ދޫކޮށްލާފައި. މިއޮތް ހުރިހާ ދުވަހަކު އަބަދުވެސް ރިފަރެންސް އަކަށް ބޭނުންކުރަނީ ފޯމު ނަންބަރެއް. ދާއިމީ ލިސްޓުގައި ނެތް މީހަކު ގުރުލިޔަސް އަޅުގަނޑުމެންނަށް ބެލޭނެ އެއްވެސް ގޮތެއް ނެތް." މިދުޢަމް ވިދާޅުވިއެވެ.

އެޖަމުޢިއްޔާއިން ވަނީ ގުރުލާ ލިސްޓުތައް ނެރޭއިރު ފޯމު ނަންބަރާއި އެކު ނެރުމަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement