Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 734 މީހުން!

05 May 2021 | 22:42

ދިވެހިރާއްޖެއިން އިތުރު 734 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 734 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 540 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 186 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 07 މީހަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 32،665 އަށް އަރާފައެވެ. މީގެ ތެރެއިން 198 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 25،473 އަށް އަރާފައެވެ.

Advertisement

ކޮމެންޓް